ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެސީގެ ކުޅުމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް، އެކަން އޭނާ ދަަނީ ސާބިތުކޮށްދެމުން: ސްކަލޯނީ

މެސީގެ ކުޅުމާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް، އެކަން އޭނާ ދަަނީ ސާބިތުކޮށްދެމުން: ސްކަލޯނީ
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖޭގައި ކުޅުނު ތިން މެޗުން ވެސް އާޖެންޓީނާ މޮޅުވުމުގައި ގިނަ ލަނޑުތަކެއް ޖަހައިދީ ޓީމު ގޮވައިގެން ކުރިއަށްދާ ކެޕްޓަން ލިއޮނެލް މެސީ އަކީ މިވަގުތު ވެސް ދުނިޔޭގައި ދެވަނައެއް ނެތް ކުޅުންޔެރިއެއް ކަމަށާއި އެކަން އޭނާ ގެންދަނީ މުޅި ދުނިޔެއަށް ވެސް ސާބިތުކޮށްދެމުން ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، މިހާރު ދެވަނަ ބުރު ޔަގީމްކޮށްފައިވާ ޓީމުގެ ކޯޗު ސްކަލޯނީ ބުނީ މެސީ އަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށް މިއަދު ދުނިޔޭގެ ހަމަ ކޮންމެ މީހަކުވެސް ގަބޫލުކުރާނޭ ކަމަށެވެ.
"މެސީގެ ފެންވަރާއި މެދު ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތް. އޭނާ ދަނީ އެކަން ސާބިތުކޮށްދެމުން." ސްކޮލާނީ ބުންޏެވެ.

ކޯތު ބުނިގޮތުގައި މެސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން އޭނާ ދަނީ ތަކުރާރުކޮށް ސާބިތުކޮށްދެމުންނެވެ.

"އޭނާއާ ބެހޭގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް، އޭނާއަކީ ހަގީގަތުގައިވެސް ދުނިޔޭގެ އެންމެ މޮޅު، އަދި ތާރީޚުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ،" ކޯޗު ބުންޏެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މެސީ ފަރިތަކުރުންތަކުގައި ބަހައްޓާ ސަމާލުކަމާއި އޭނާގެ ކިބައިގައި ހުންނަ ޚާއްސަ 'ޖާދޫ' އަކީ އާދަޔާ ހިލާފު ކަމެކެވެ.

މި ހަފުތާގައި އުމުރުން 39 އަހަރު ފުރުނު ނަމަވެސް، މެސީގެ ފަރާތުން ފެންނަނީ ވަރަށް ޒުވާން ކުޅުމެކެވެ. ކޯޗު ބުނީ މެސީ އަދިވެސް އާ ކަންތައްތަކުން އެންމެން ހައިރާންކޮށްލާ ކަމަށެވެ.