ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގާނާގެ ފަންޑިތަވެރިޔާ މިފަހަރު އަޅުވާލީ މެސީގެ ފަހަތުން؛ ބުނީ ވޯލްޑް ކަޕް ތަށި ނުނެގޭނެ ކަމަށް

ގާނާގެ ފަންޑިތަވެރިޔާ މިފަހަރު އަޅުވާލީ މެސީގެ ފަހަތުން؛ ބުނީ ވޯލްޑް ކަޕް ތަށި ނުނެގޭނެ ކަމަށް

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރު އަދި ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އެޓީމުގެ ތަރި ލިއޮނަލް މެސީއަށް މިފަހަރުގެ ވޯލްޑް ކަޕް ތަށި ނުނެގޭނެ ކަމަށް ގާނާގެ މަޝްހޫރު ފަންޑިތަވެރިޔާ ނާނާ ކުވާކޫ ބޮންސާމް ބުނެފިއެވެ.

ނާނާ ކުވާކޫ ބޮންސާމް އަކީ މީގެ ކުރިންވެސް ފުޓްބޯޅައިގެ ބޮޑެތި މެޗުތަކާ ގުޅޭގޮތުން ކުރި ބައެއް އަންދާޒާތައް ދިމާވެފައިވާ މީހެއް ކަމަށް އޭނާ ބުނެއެވެ. އެގޮތުން ގާނާ އާއި ދެކޮޅަށް ކޭން ކުޅުނު މެޗުގައި އޭނާ ހެދި ފަންޑިތައެއްގެ ވާހަކަ މީގެ ކުރިން ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ.

އޭނާ ބުނެފައިވަނީ އިނގިރޭސި ޓީމު މުބާރާތުން ކަޓުވާލާނެ ކަމަށެވެ. ހަމަ އެގޮތަށް މިފަހަރު އެ ފަންޑިތަވެރިޔާ މިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފަހަތުން އަޅުވާލާފައެވެ.

މިފަހަރުގެ އަންދާޒާއާ ގުޅޭގޮތުން އޭނާ ބުނީ، "ކޭޕް ވާޑޭ އިން އާޖެންޓީނާ މުބާރާތުން ބޭރުކުރާނެކަމަށާއި އޭނާއަށް އެ މަންޒަރު މިހާރުވެސް ފެނިއްޖެކަަމަށެވެ. މި ވާހަކައާއެކު ސޯޝަލް މީޑިއާގައި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.

އާޖެންޓީނާ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމަށް ވެފައި، ކޭޕް ވާޑޭ އަކީ ނިސްބަތުން ކުޑަ ޓީމަކަށް ވުމުން ގިނަ ބަޔަކު މި އަންދާޒާއާ މެދު ސުވާލު އުފައްދައެވެ. ނަމަވެސް ބޮންސާމްގެ ސަޕޯޓަރުން ބުނަމުންދަނީ އޭނާގެ ބަސްތަކަކީ އިހުމާލުވެވޭނެ ބަސްތަކެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން މިހާތަނަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނުވަތަ މެސީގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މި އަންދާޒާގެ ސަބަބުން ކުރިއަށް އޮތް މުބާރާތަށް އޮތް ފޯރި މިހާރު ވަނީ އިތުރުވެފައެވެ.