ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ފިރުޒުލް އައްޔަންކޮށްފި

އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ---
އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ---

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެންބަރުކަމާއި އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ދ. ކުޑަހުވަދޫ، ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ހާމަކޮށްފައިވާ ގޮތުގައި، ފިރުޒުލް މި މަޤާމަށް އައްޔަންކުރައްވާފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެންނެވެ.

ހައްޖު ކޯޕަރޭޝަންގެ އިސްވެރިޔާގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނެވި، އަދި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގައި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.