ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫގައި އެންސްޕާގެ ކޯލް ސެންޓަރެއް ހުޅުވައި، ޚިދުމަތްދޭ ގަޑިތައް އިތުރުކޮށްފި

އައްޑޫގައި ޤާއިމްކުރި އެންސްޕާގެ ކޯލް ސެންޓަރ --- ފޮޓޯ:އެންސްޕާ
އައްޑޫގައި ޤާއިމްކުރި އެންސްޕާގެ ކޯލް ސެންޓަރ --- ފޮޓޯ:އެންސްޕާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެ އެޖެންސީގެ ކޯލް ސެންޓަރެއް އައްޑޫ ސިޓީގައި ޤާއިމްކޮށް، ގުޅޭނެ ވަގުތުތައް މިއަދުން ފެށިގެން ބޮޑުތަނުން އިތުރުކޮށްފިއެވެ.

އެންސްޕާގެ އައްޑޫ އޮފީހުގައި މި ކޯލް ސެންޓަރު ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާކަން އެ އިދާރާއިން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ގެނެވުނު ބަދަލާއެކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކޯލް ސެންޓަރުގެ ޚިދުމަތް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެ ކަމަށެވެ.

މީގެ ކުރިން އެންސްޕާގެ ކޯލް ސެންޓަރުގެ ޚިދުމަތް ދެމުން އައީ ހަމައެކަނި ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. ނަމަވެސް އާ އިންތިޒާމުގެ ދަށުން، ހަފުތާ ބަންދު ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަހުވެސް ރޭގަނޑާ ހަމައަށް ޚިދުމަތް ލިބިގެންދާނެއެވެ.

އެންސްޕާއިން ފާހަގަކުރި ގޮތުގައި މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ، އެހީތަކަށް އެދޭ ފަރާތްތަކަށް އެ ފަރާތްތަކުގެ އެޕްލިކޭޝަންތަކުގެ ފަހުގެ އަދާހަމަތަކާއި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ވީހާވެސް ފަސޭހަކަމާއެކު އޮޅުންފިލުވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.