ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފި

އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފި

ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު، ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރުއެވެ. އެ ފަތުރުވެރިޔާ ފެނިފައިވަނީ މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށެވެ.

އެ ފަތުރުވެރިޔާ ފުލުހުންނަށް ފެނުނުއިރު، އޭނާ ވަނީ ސްނޯކްލިންގަށް އުޅުނު ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައެވެ.

ފުލުހުން ވަނީ އެ ފަތުރުވެރިޔާ ކަނޑުމަތިން ނަގައި، ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސްދީފައެވެ. އަދި ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކުރި މި ފަތުރުވެރިޔާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.