އިންޑިއާ-ޕާކިސްތާން ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެއްބަސްވެއްޖެ، މެދުވެރިޔަކަށް ވީ އަހަރުމެން: ޓްރަމްޕަ
އިންޑިއާ އާއި ޕާކިސްތާނު ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ "ޓްރޫތް ސޯޝަލް" ސައިޓްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުން "ވަގުތުން" ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުން މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
"އެމެރިކާގެ މެދުވެރިއެއްގެ ދައުރު އަދާކޮށް އަދި މަޝްވަރާތަކަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނުން ފުރިހަމަ އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެކަން އުފަލާއެކު އަންގާލަމެވެ- ޓްރަމްޕް
"ރަނގަޅު ވިސްނުމާއި މޮޅު ބުއްދި ބޭނުންކުރެއްވި ކަމަށްޓަކައި ދެ ޤައުމަށްވެސް މަރުޙަބާ ދަންނަވަމެވެ.
Ads by BML
Ads by MACL
