ރޮނާލްޑޯ މުސްކުޅިވެއްޖެޔޭ ބުނާ މީހުންނަށް ކޯޗު މާޓީނޭޒްގެ ހޫނު ރައްދެއް!
ވޯލްޑް ކަޕްގެ ގަދަ 16 ގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އުމުރާ ގުޅޭގޮތުން ކުރި ސުވާލުތަކަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަރުގަދަ ރައްދެއް ދީފިއެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަކީ މި މުބާރާތުގައި ކުޅޭ އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ.
ރޮނާލްޑޯގެ ބަދަލުގައި ގޮންކާލޯ ރާމޯސް ކުޅެން އަރުވަފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން މާޓިނޭޒް ބުނީ "އުމުރާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވާ މީހުންނަށް ބުނެލަން އޮތީ، އުމުރަކީ ހަމައެކަނި ނަންބަރެއް" ކަމަށެވެ. އަދި ރޮނާލްޑޯ އާއި ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިންނަކީ އާންމުންގެ ފާޑުކިޔުންތަކަށްވުރެ މަތީ ދަރަޖައެއްގެ ކުޅުންތެރިން ކަމަށް އޭނާ ސިފަކުރިއެވެ.
މާޓިނޭޒް އިތުރަށް ފާހަގަކުރި ގޮތުގައި މި ދެ ކުޅުންތެރިންނަކީ ފުޓްބޯޅައިގެ އައިކަންތަކެވެ. އެމީހުން ރިބީ އާންމުންގެ ފާޑުކިޔުންތަކަށްވުރެ މަތީގައި ކަމަށާއި އެމީހުންގެ ދިގުދެމިގެންވާ ކާމިޔާބު ކެރިއަރުގެ ސަބަބުން. ޑްރެސިން ރޫމުގައި އެމީހުން ދައްކާ ނަމޫނާ އަކީ ވަރަށް މުހިންމު އެއްޗެއް،ކަމަށް މާޓިނޭޒް ބުންޏެވެ.
Ads by BMLރޮނާލްޑޯ އާއި މޮޑްރިޗަކީ ރެއާލް މެޑްރިޑުގައި 2009 އިން 2018 އަށް އެކުގައި 222 މެޗު ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. މޮޑްރިޗަކީ 2008 އާއި 2023 އާ ދެމެދު ރޮނާލްޑޯ އާއި މެސީ ފިޔަވައި ބެލޮންޑިއޯ އެވޯޑް ހޯދި ހަމައެކަނި ކުޅުންތެރިޔާއެވެ. ރޮނާލްޑޯ އޭނާގެ ގައުމަށް 143 ލަނޑު ޖަހައިދީފައިވާއިރު، މޮޑްރިޗް ވަނީ ކްރޮއޭޝިއާ އަށް 201 މެޗު ކުޅެދީފައެވެ.
ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނީ ޕޯޗުގަލް އަކީ އެއްވެސް ބަލިކަށި ދިމާއެއް ނެތް ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން ޕޯޗުގަލްގައި ރޮނާލްޑޯ ރޮނާލްޑޯ އެބަހުރިލަމަށާއި އޭނާއަކީ ކޮންމެ ވަގުތެއްގައިވެސް މެޗު ނިންމާލުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެއްކަމަށް ޑަލިޗް ފާހަގަކުރިއެވެ. ޕޯޗުގަލް ގްރޫޕް ކޭގެ ދެވަނަ ހޯދިއިރު، ކްރޮއޭޝިއާ ދެވަނަ ހޯދީ ގްރޫޕް އެލް އިންނެވެ.
މި ދެ ޓީމު ބައްދަލުކުރާ ފޯރިގަދަ މެޗު އޮންނާނީ އިނގިރޭސިވިލާތުގެ ގަޑިން ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 04:00 ގައެވެ. ޕޯޗުގަލް ޓީމަށް މި މެޗުގައި ބެނާޑޯ ސިލްވާ އެނބުރި އަންނާނެ ކަމަށް މާޓިނޭޒް ވަނީ ކަށަވަރުކޮށްދީފައެވެ.
Ads by MACL
