ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި، އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައި، އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގު، ރުއްގަނޑު 1 ސަރަހައްދުގައި ސައިކަލަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ އިދާރާއަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:42 އެހާކަންހާއިރު ކަމަށް އެ ފަރާތުން މަޢުލޫމާތު ދެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން ބުނީ، ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ހުވަނދުމާ ހިނގުމަށް އަޅަން އުޅުމުގެ ތެރޭގައި، އެ ވަގުތު ނިރޮޅުމަގުން ދަތުރުކުރަމުންދިޔަ ކާރެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން 36 އަހަރުގެ ދިވެހި އަންހެނަކަށް ވަނީ އެކިވަރުގެ ކުދި އަނިޔާތައް ލިބިފައެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.