ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބިދަބިން ގުރޫޕުގެ ހަރަކާތްތަކަށް، ނެށުންތެރިންނާއި ލަވަކިޔާ އަދި ބެރުޖެހުންތެރިން ހޯދަނީ!

ބިދަބިން ގުރޫޕުގެ ހަރަކާތްތަކަށް، ނެށުންތެރިންނާއި ލަވަކިޔާ އަދި ބެރުޖެހުންތެރިން ހޯދަނީ!

ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަގުބޫލު ގުރޫޕެއް ކަމަށްވާ "ބިދަބިން" އިން ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

އެ ގުރޫޕުން ބުނި ގޮތުގައި މި ފުރުސަތަކީ ލަވަޔާއި ނެށުމުގެ އިތުރުން ސަގާފީ ހަރަކާތްތަކަށް ލޯބިކުރާ، އަދި މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ރަން ފުރުސަތެކެވެ.

މި ފަހަރު ބިދަބިން ގުރޫޕާ ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބޮޑުބެރު ޖަހާ ފަންނާނުންނާއި، އަންހެން އަދި ފިރިހެން ނެށުންތެރިންގެ އިތުރުން ލަވަކިޔުންތެރިންނަށެވެ.

މި ދާއިރާއިން ކުރިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ އިތުރުން، އަލަށް މި ދާއިރާއަށް ނުކުންނަން ބޭނުންވާ ޝައުގުވެރިކަން ހުރި ހުރިހާ ފަރާތްތަކަށްވެސް މި ފުރުސަތުގައި ބައިވެރިވުމުގެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.

ބިދަބިން ފެމިލީގެ މެންބަރަކަށް ވުމުން ހާއްސަ ތަމްރީނުތަކެއް ލިބުމުގެ އިތުރުން، އަމަލީ ގޮތުން ލައިވް ޕާފޯމަންސްތަކުގައި ބައިވެރިވުމުގެ ފުރުސަތާއި، ދާއިރާއިން ކުރިއަށް ދިއުމަށް ގިނަގުނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ގުރޫޕުގެ ހޮޓްލައިން ނަންބަރު 7852029 (960+) އަށް ގުޅައިގެން ކުރިއަށް ދިއުމަށް ބިދަބިން އިން ވަނީ ދައުވަތު އަރުވާފައެވެ.