ޓޫއޮފްއަސްގެ ކާމިޔާބަށްފަހު ބާއްވާ ފުރަތަމަ ޝޯ އޮލިމްޕަހުގައި
"ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގެ ބުރުގައި ދިވެހި ބޭންޑް "ޓޫއޮފްއަސް" އަށް ލިބުނު އުފާވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އޮލިމްޕަހުގައި ޚާއްޞަ މިއުޒިކް ޝޯއެއް ބޭއްވުމަށް އެ ބޭންޑުން ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ.
މި ބޭންޑުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މާލޭގައި އެ ބޭންޑުން ފުރަތަމަ ފަހަރަށް ކުޅޭ މި ޝޯއަކީ މުބާރާތުގައި ކުރި ދަތުރުގައި ހިތްވަރުދީ އެހީތެރިވެދިން އެންމެހައި ދިވެހި ރައްޔިތުންނަށް އަމާޒުކޮށްގެން ބާއްވާ ޝޯއެކެވެ.
އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ނަން މަޝްހޫރު ބޭންޑެއްގެ ޚާއްޞަ ހުށަހެޅުމަކާއެކުގައެވެ.
Ads by BMLމީގެ އިތުރުން، ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމުގައިވާ ޝްރަދާ ޕަންދިތުގެ ޚާއްޞަ ހުށަހެޅުމެއްވެސް މި ޝޯގައި ހިމެނޭނެ ކަމަށް ބޭންޑުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ އަދި އިންޑިއާގެ ނަން މަޝްހޫރު އެހެނިހެން ފަންނާނުންގެ ހުށަހެޅުންތަކެއްވެސް މި ޝޯގައި ހިމެނޭނެ ކަމަށް އެ ބޭންޑުން ބުނެފައިވެއެވެ.
ޓޫ އޮފް އަސްއިން ހޯދާފައިވާ މި ކާމިޔާބީއަކީ މިހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދާފައިވާ މިފަދަ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެވެ.
ޓޫ އޮފް އަސްގެ މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައެވެ. ޝޯއަށް ވަނުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00 ގައެވެ. މި ޝޯއަށް ވަނުމަށް ޓިކެޓު ނެގޭނެ ގޮތުގެ ތަފްޞީލު އިތުރަށް އިޢުލާންކުރެވޭނެ ކަމަށްވެސް އެ ބޭންޑުން މަޢުލޫމާތު ދީފައިވެއެވެ.
Ads by MACL
