ވޯލްޑް ކަޕް 2026: ޕެނަލްޓީގައި ކޮލަމްބިއާ ބަލިކޮށް، ސްވިޒަލޭންޑުން ކުއާޓާ ފައިނަލަށް
ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކޮށް، ސްވިޒަލޭންޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. ކެނެޑާގެ ބީސީ ޕްލޭސް ވެންކޫވާގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްވިޒަލޭންޑް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ބޮޑަށް ރައްކާތެރިކަމާއެކު ކުޅުނު ތަނެވެ. ނަމަވެސް 21 ވަނަ މިނެޓުގައި ކޮލަމްބިއާގެ ގުސްތާވޯ ޕުއޭޓާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސްވިޒަލޭންޑްގެ ކީޕަރު ގްރޮގޯ ކޮބެލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ސްވިޒަލޭންޑްގެ ފަބިއަން ރީޑާ އަދި ޑޭން އެންޑޯ ފޮނުވާލި ހަމަލާތައް ކޮލަމްބިއާގެ ކީޕަރު ކެމީލޯ ވާގާސް ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. ސްވިޒަލޭންޑްގެ ޖިބްރީލް ސޯ އަށް ލިބުނު ހުސް ފުރުސަތެއް ބޭކާރުވިއިރު، ކޮލަމްބިއާގެ ލުއިސް ސުއަރޭޒް ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ ފަހު ވަގުތުކޮޅު ސްވިޒަލޭންޑްގެ އެންޑޯއީ އަށް ލިބުނު ފުރުސަތުވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
Ads by BMLމެޗުގެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާ އިން ގޯލަކާ ވަރަށް ގާތަށް ޖެހިލިއެވެ. އެގޮތުން ޖޯން ލުކޫމީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ 115 ވަނަ މިނެޓުގައި ކަމްޕާސް އަށް ލިބުނު ހުސް ފުރުސަތު އޭނާ ފޮނުވާލީ ގޯލުގެ މަތިން ބޭރަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކޮލަމްބިއާގެ ޑޭވިންސަން ސަންޗޭޒް ޖެހި ޕެނަލްޓީ ދަނޑިއަށް އަމާޒުވިއިރު، ކުޗޯ ހެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ކޮބެލް މަތަކުރިއެވެ. ސްވިޒަލޭންޑްގެ މެނުއަލް އަކާންޖީ ޖެހި ޕެނަލްޓީ ބޭރަށް ދިޔަ ނަމަވެސް، އެ ޓީމުގެ ފަހު ޕެނަލްޓީ ރުބެން ވާގަސް ކާމިޔާބުކޮށް ސްވިޒަލޭންޑަށް ކުއާޓާގެ ޖާގަ ކަށަވަރުކޮށްދިނެވެ.
ސްވިޒަލޭންޑުން އެންމެ ފަހުން ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ 1954 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ޓީމަށް އެންމެ ދުރަށް ދެވިފައިވާ ހިސާބެވެ. އަނެއްކޮޅުން ކޮލަ
Ads by MACL
