ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސުލޫކީ މައްސަލައަކާ ގުޅިގެން ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ސުލޫކީ މައްސަލައަކާ ގުޅިގެން ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ރ. ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސުލޫކީ މައްސަލައެއްގެ ތަހުގީގަށް، ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލީ މުސްތަފާއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައިގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ މަގްސަދުގައި އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ، މިއަދުން ފެށިގެން ވަގުތީގޮތުން ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

މި ސަސްޕެންޝަނާ އެކު، މައްސަލައިގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން ނުވަތަ ޖޭއެސްސީން ވަކި ގޮތެއް ކަނޑައަޅަންދެން، އޭނާއަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަލީ މުސްތަފާއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައި ނުވި ނަމަވެސް، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތައް ބެލުމަކީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާއެއްކަން ފާހަގަކޮށްފައިވެއެވެ.