ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗައިނާއިން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާއިން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުޅިވަރުގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކޮށްފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަށެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އާއި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިއަންހުއާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ތަކެތި ރަސްމީކޮށް ޙަވާލުކުރިކަމުގެ ލިޔުމުގައި މިނިސްޓަރ ޢަބްދުﷲ ރާފިޢު އަދި ޗައިނާގެ ސަފީރު ވަނީ ސޮއިކުރައްވާފައެވެ.

މި ހަދިޔާއަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަލީލެކެވެ.