ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާފަންނު މުނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި

މާފަންނު މުނިޔާ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި

މާލޭގެ މާފަންނު އަވަށުގެ މުނިޔާ މަގުގައި ހުރި އިމާރާތެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ޖާޔާކުޝަން ކައިރީގައި ހުރި މި އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށައިފަ އެވެ.

މި ހާދިސާ ހިނގި ސަރަހައްދަކީ ވަރަށް ހަނި ގޯޅިއަކަށް ވުމުން، ރޯވި އަލިފާނާ އެކު މުޅި ސަރަހައްދު ވަނީ ބޯ ދުމުން ފުރިފަ އެވެ. ސިފައިން ކުރި ބުރަ މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފަ އެވެ.

މާލޭގެ މި އިމާރާތަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުންދާ ތަނެއް ކަމަށް މައުލޫމާތު ލިބެ އެވެ. އަލިފާން ރޯވުމާ އެކު، އެ ތަނުގައި ތިބި މީހުން ވަނީ އެ މީހުންގެ އަމިއްލަ ސާމާނާއި ފޮށިތަކާ އެކު ރައްކާތެރި ހިސާބުތަކަށް ނިކުމެފަ އެވެ.

މި ބޮޑު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ހަގީގީ ސަބަބެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.