ފެނަކައިގެ ކުރީގެ އެމްޑީ މުއާޒު، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމަށް އައްޔަންކޮށްފި
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމުން މީގެކުރިން އިސްތިއުފާ ދެއްވި މުއާޒު މުހައްމަދު ރަޝީދު، މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް މިއަދު ވަނީ އައްޔަންކުރައްވައިފަ އެވެ.
ސަރުކާރުގެ ފެން ކުންފުނީގެ ދެވަނައަށް އެންމެ މަތީ މި މަގާމަށް އޭނާ ހަމަޖެއްސެވީ އެ ކުންފުނީގެ ބޯޑުން ފާސްކުރުމަށްފަހު އެވެ.
އަތޮޅުތެރޭގެ ރަށްރަށަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފެނަކައިގެ އެންމެ އިސްވެރިޔާގެ މަގާމުން މުއާޒު ވަކިވެވަޑައިގަތީ ޑިސެމްބަރު 2024 ގަ އެވެ. އެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު އާންމުކުރެއްވި ސިޓީގައި އޭނާ ވިދާޅުވެފައިވަނީ، ފެނަކައިގެ ހަރަދުތައް އާމްދަނީއަށްވުރެ ބޮޑުވެ،
Ads by BMLކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭ ފަދަ ނާޒުކު ހާލަތަކަށް އެ ތަން ވެއްޓިފައިވާ ކަމަށެވެ.
އޭނާގެ ބެލުމުގެ ދަށުން ކުންފުނީގެ ކަންކަން އިތުރަށް އިސްލާހުކޮށް، ކުރިއަށްދާނެ ސާފު މަގެއް ފެންނަން ނެތުމުން މަގާމުން ދުރުވީ ކަމަށް މުއާޒު އޭރު ހާމަކުރައްވާފައިވެ އެވެ.
މުއާޒު އިސްތިއުފާ ދެއްވުމާ ގުޅިގެން ފެނަކައިގެ އެމްޑީގެ މަގާމަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ މުހައްމަދު ނަޖާހު އެވެ. ނަމަވެސް، ފަހުން އޭނާ މަގާމުން ވަކިކުރެއްވުމަށްފަހު، މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ކުންފުނި ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ މުހައްމަދު އަފީފު އެވެ.
Ads by MACL
