ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި އޭސީޕީ ރިޔާޒްއާއި އެންޑީއޭ ހަވާލުކުރަނީ
މި ސަރުކާރުގެ އިސްވެރިންގެ ފާޑުކިޔުން ކުރިން އޮތް ކުރީގެ އޭސީޕީ މުހައްމަދު ރިޔާޒް އާއި އެންޑީއޭ ހަވާލުކުރުމަށް ނިންމައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރިޔާޒު ޑްރަގް އެޖެންސީއަށް ބަދަލުކުރެވިފައިވަނީ ފުލުހުންގެ ސެކަންޑްމަންޓް އުސޫލުގެ ދަށުންނެވެ.
އޭނާ ދެ އަހަރުގެ މުއްދަތަށް ޑްރަގް އެޖެންސީއަށް ބަދަލުކުރެވުނު ނަމަވެސް، މިހާރު ލިބެމުންދާ މުސާރައާއި އިނާޔަތްތައް އެގޮތުގައި ދެމެހެއްޓޭނެއެވެ.
Ads by BMLފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުންގެ ވަޒީފާގައި ހުރި މުވައްޒަފަކު، ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން އެހެން މުއައްސަސާއެއްގައި މަސައްކަތްކުރުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.
މީގެ އިތުރުން، އެހެން މުއައްސަސާއެއްގައި މަސައްކަތްކުރާ ފަރާތެއް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރުމަށް ހުއްދަކުރުމަށް ޕޮލިސް ކޮމިޝަނަރަށް ފެނިއްޖެ ހިނދެއްގައި، އެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކަމަށް ހުއްދަ ދެވިދާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެ ޤާނޫނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ސެކަންޑްމަންޓްގެ އުސޫލުން ފުލުހުންގެ ވަޒީފާގައި ހުރި މުވައްޒަފަކު، ރާއްޖެއިން ބޭރުގައި ޤާއިމުކުރެވިފައިވާ ދިވެހި ކޮންސިއުލާ މިޝަންތަކާއި، ބޭރު ޤައުމުތަކުގެ ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި، ސަރަޙައްދީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ކަނޑައެޅޭ ވަކި މުއްދަތަކަށް މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ކަނޑައެޅިދާނެއެވެ.
މިހާރުގެ ސަރުކާރު އައުމުގެ ކުރިން ރިޔާޒު ހުންނެވީ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާގެ މަޤާމުގައެވެ.
ނަމަވެސް، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު އޭނާ އެ މަސްއޫލިއްޔަތުން ވަކިކުރެވުނެވެ.
މި ސަރުކާރުގެ އިސް ފަރާތްތަކުން އިދިކޮޅު ފަރާތްތަކަށް ފާޑުކިޔަމުންދިޔައިރު، ރިޔާޒަށް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. ޚާއްޞަކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ގުޅޭގޮތުން ރިޔާޒުގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު ތަޙުޤީޤުތަކާ ގުޅޭގޮތުން ފާޑުކިޔުންތައް އިތުރުވެފައިވެއެވެ.
Ads by MACL
