ޒަހަމްކޮށްލި ސްޓެލްކޯ މުވައްޒަފަށް މެޑަލް އޮފް ބްރޭވަރީ އެވޯޑް އަރުވައިފި
ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވާފައި ވަނީ އެ ކުންފުނީގެ މުވައްޒަފުން ތަކެކެވެ. މި ހާދިސާގައި އެ މުވައްޒަފުގެ މޫނަށް އަނިޔާތަކެއް ވެފައި ވެއެވެ.
ސްޓެލްކޯއިން މިއަދު ވިދާޅުވީ، އެކަން ހުއްޓުވަން މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން މުވައްޒަފަކަށް ސްޓެލްކޯގެ 'މެޑަލް އޮފް ބްރޭވަރީ' އަރުވާފައިވާއިރު، އަދި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް އެކަމުގެ ހަނދާނީ ލިއުމެއް އަރުވާފައިވާ ކަމަށެވެ.
"އެ މުވައްޒަފުންގެ އަގުވަޒަންކޮށްފައި މިވަނީ ހިރާހާއި ނުރައްކަލުގެ ވަގުތުގައި ދައްކުވައިދިން ހިތްވަރާއި ކެރުންތެރިކަން ފާހަގަކުރުމުގެ ގޮތުން،". ސްޓެލްކޯއިން ވިދާޅުވެފައި ވެއެވެ.
Ads by BMLއެ ކުންފުނިން ވިދާޅުވީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މިފަދަ ހާދިސާތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ވަރަށް ޙައްސާސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، ފިޔަވަޅުއަޅަމުން ދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ.
ފަހުމީ މީގެ ކުރިން ވަނީ ޓްރާންސްފޯމަރުތައް ވައްކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެފަރާތްތަކަށް ފިޔަވަޅު އަޅައިދީ، އަދި ވަގަށް ނަގައިގެން ވިއްކާ މިފަދަ ތަކެތި ގަންނަ ފަރާތްތަކަށް ވެސް ފިޔަވަޅުއަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
Ads by MACL
