ވޯލްޑް ކަޕް 2026: މިރޭ ކުޅޭ ސްޕެއިން އާއި ބެލްޖިއަމް މެޗުގެ ޓިކެޓުގެ އަގު ރެކޯޑު އަދަދަކަށް ދަށަށް!
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުބާރާތުން ވަކިވުމާ ގުޅިގެން، ލޮސް އެންޖެލެސްގައި ކުޅުމަށް ހަމަޖެހިފައިވާ ބެލްޖިއަމް އާއި ސްޕެއިން ބައްދަލުކުރާ މެޗުގެ ޓިކެޓްގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ. އެގޮތުން އެންމެ 48 ގަޑިއިރުގެ ތެރޭގައި 2,950 ޑޮލަރުން 1,200 ޑޮލަރަށް ޓިކެޓްގެ އަގު ވަނީ ވެއްޓިފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.
ފޯބްސް މެގަޒިންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ އެމެރިކާގެ އިތުރުން ޕޯޗުގަލް މުބާރާތުން ކަޓައި، ރޮނާލްޑޯގެ ކެރިއަރުގެ ފަހު ވޯލްޑް ކަޕް ނިމުމަކަށް އައުމެވެ. މުބާރާތުގެ ވިޔަފާރީގެ އެންމެ ބޮޑު ދެ ބާރު އެއް ދުވަހެއްގައި މުބާރާތުން ވަކިވުމާއެކު، މާކެޓަށް ވަނީ އޭގެ ނޭދެވޭ އަސަރު ވަގުތުން ކޮށްފައެވެ.
ކުއާޓާ ފައިނަލްގެ އަގުތަކަށް އައި ބަދަލު
މިއީ ހަމައެކަނި އެއް މެޗަކަށް އައި ބަދަލެއް ނޫނެވެ. ކުއާޓާ ފައިނަލްގެ ހަތަރު މެޗުގެ ޓިކެޓްގެ އެވްރެޖް އަގުތައް ވަނީ ރައުންޑް އޮފް 16 އާ އަޅާބަލާއިރު 52 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ސެކަންޑަރީ މާކެޓުގައި މިހާރު 49,415 ޓިކެޓް ވިއްކަން ހުރިއިރު، މިއީ މުބާރާތް ފެށުނުއިރު ހުރި އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
މުބާރާތުގެ އެންމެ ފަހު މެޗު ނުވަތަ ގްރޭންޑް ފައިނަލްގެ ޓިކެޓްތަކުގެ އަގުވެސް ވަނީ 9 އިންސައްތަ ދަށަށް ގޮސްފައެވެ. ކުރިން 9,740 ޑޮލަރަށް ލިބެން ހުރި ޓިކެޓްތައް މިހާރު 8,842 ޑޮލަރަށް ވަނީ ތިރިވެފައެވެ.
Ads by BMLމިއީ ތާރީޚުގައިވެސް ބޭއްވޭ އެންމެ އަގުބޮޑު ވޯލްޑް ކަޕް ކަމުގައިވީ ނަމަވެސް، މުބާރާތް ބާއްވާ ގައުމާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ބޮޑެތި ތަރިން މުބާރާތުން ވަކިވުމުން، މާކެޓުގެ އަގުތައް ކޮންޓްރޯލް ކުރަނީ އެ ތަރިންގެ މަގުބޫލުކަންކަން މިވަނީ ހާމަވެފައެވެ.
Ads by MACL
