ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ށ. ފުނަދޫގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 1.2 ކވ ގެ އައު ޖަނަރޭޓަރެއް އެރުވުމާއެކު ކަރަންޓުގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް

ށ. ފުނަދޫގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 1.2 ކވ ގެ އައު ޖަނަރޭޓަރެއް އެރުވުމާއެކު ކަރަންޓުގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް

ށ. ފުނަދޫގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، މުޅިން އައު 1.2 ކިލޯވޮޓް (ކވ) ގެ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ގެންގޮސް، ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ އެ ރަށުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އެޅުނު ތާރީޚީ އަދި މުހިންމު ފިޔަވަޅެކެވެ.

ފުނަދޫގެ ކަރަންޓުގެ ޚިދުމަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވުނު ދުވަސްވަރު، ރަށަށް އަވަސް މުއްދަތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިން ބޭނުންކޮށްފައިވަނީ ރާއްޖޭގެ އެހެން ރަށްރަށުގައި ބޭނުންކޮށްފައި ހުރި 'ބައު' ޖަނަރޭޓަރު ސެޓުތަކެކެވެ. ނަމަވެސް، މި ފަހަރު ގެނެވުނު މުޅިން އައު ޖަނަރޭޓަރު ސެޓާއެކު، އެ ރަށަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިވެ، ޚިދުމަތް މެދުނުކެނޑި ފުރިހަމަގޮތުގައި ދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި ބަދަލަކީ ފުނަދޫގެ ރައްޔިތުންނަށް ދިމާވަމުންދިޔަ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހޯދައިދެވުނު ތާރީޚީ ކުރިއެރުމެކެވެ. އަދި މިއީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ތަރައްޤީކޮށް، ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މި ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ އަލިގަދަ ހެެއްކެކެވެ.