ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެންސީ ސެނެޓުގެ މުހިންމު ބައްދަލުވުމެއް މިރެއަށް އެޖެންޑާކޮށްފި

ޕީއެންސީ ސެނެޓުގެ ބައްދަލުވުމެއްގެ ތެރެއިން
ޕީއެންސީ ސެނެޓުގެ ބައްދަލުވުމެއްގެ ތެރެއިން

ވެރިކަންކުރާ ޕީއެންސީގެ ކައުންސިލް ( ސެނެޓް ) ގެ ބައްދަލުވުމެއް މިރެއަށް އެޖެންޑާކޮށް މެމްބަރުންނަށް ފޮނުވައިފިއެވެ.

މިކަން އެ ޕާޓީގެ ކައުންސިލްގެ މެމްބަރަކު ވަނީ ކަށަވަރުކޮށްދީފައެވެ.

މިއީ ވެރިކަމަށް ހޮވުނު ފަހުން ޕީޕީއެމް ޕީއެންސީ އެކުގައި ހިންގަމުން އައިސް ޕީޕީއެމް އުވާލެވުނު ފަހުން އަދި ވެރިކަމަށް ހޮވުނު ފަހުން ބާއްވާ ފުރަތަމަ ކައުންސިލް ބައްދަލުވުމެވެ.

މިރޭގެ ބައްދަލުވުމުގެ އެޖެންޑާ އެނގިފައިނުވީ ނަމަވެސް މިރޭގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ، ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.