އދ. ދިއްދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އދ. ދިއްދޫގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ދަނޑަކީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން، ދިއްދޫގައި މުޅިން އަލަށް ޤާއިމްކުރި ފުޓްސަލް ދަނޑެކެވެ.
މި ދަނޑު ހުޅުވުމުގެ މުނާސަބަތުގައި، ކުޅިވަރު ވުޒާރާގެ ޓީމަކާއި ދިއްދޫ ޒުވާނުންގެ ޓީމަކާ ދެމެދު އެކުވެރިކަމުގެ ޚާއްޞަ މެޗެއް ވެސް ވަނީ ކުޅެފައެވެ.
މިއީ ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ރަނގަޅު މާޙައުލެއް ޤާއިމްކޮށްދިނުމަށާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ނިންމާލެވުނު މުހިންމު މަޝްރޫޢެކެވެ.
މި ފަދަ ކުޅިވަރު ވަސީލަތްތައް ރަށްރަށުގައި ޤާއިމްކުރުމަކީ ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާވެ، ކުޅިވަރުގެ ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއް ކަމަށް ކުޅިވަރު ވުޒާރާއިން ފާހަގަކުރެއެވެ.
Ads by MACL
