ސާފު ސީދާކޮށް ވަޒީރު އަމީންގެ ބަސް، ފުލުހަށް ގުޅީ ކޯޓު އަމުރެއްނެތި ގެއަށް ވަދެވޭނެކަން އަންގަން!
ކުރީގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުުޖާއުއަށް ގުޅީ، ދިރިއުޅުއްވާ ގެއަށް ފުލުހުން އައުމަށް ކޯޓު އަމުރެއް ބޭނުން ނުވާނެކަން ދެންނެވުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 12 މެންބަރުން ސޮއިކޮށް މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އޭޕްރިލް 29 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބު ދެއްވަންމުން މިނިސްޓަރު އަމީން ވިދާޅުވީ، މާލޭ ގެއެއްގެ ފުރާޅުމައްޗަށް އަންހެން ކުއްޖެއް ވެއްޓުނު މައްސަލައިގައި، އާއިލީ ގުޅުންހުރި ބަޔަކު ހިމެނޭކަން މިހާތަނަށް ތަހުގީގީ އެއްވެސް އިދާރާއަކުން ހާމަކޮށްފައިނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ތިމާގެ މީހަކު ޝާމިލުވާކަމަށް ފުލުހުން ތުހުމަތުކޮށްފައިވާކަންވެސް ހާމަކޮށްފައި ނުވާކަމަށެވެ.
Ads by BMLމިނިސްޓަރު އަމީން ވިދާޅުވީ މާންދޫގޭ ދޭކުނު ގެއަކީ އެމަނިކުފާނު އެކަނި މިލްކުވާ ގެއެއްނޫން ކަމަށާއި އެއީ އެމަނިކުފާނު ހިމެނޭހެން 4 ފަރާތެއްގެ ނަންމަތީގައިވާ ގެއެއް ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ އެމަނިކުފާނަށް ހާއްސަވަނީ އެމަނިކުފާނާއި އާއިލާ ދިރިއުޅޭ ބައިތައް ކަމަށެވެ. ގޭގެ ކޮމަން އޭރިއާއަކީ އެންމެން ބޭނުންކުރާނެ ތަންތަންކަން ފާހަގަ ކުރެއްވި އެވެ.
އަދި ގޭގައި ޖިނާއީ ކުށެއް ކޮށްފިނަމަ ގޭގެ ވަކި އޯނަރެއް، ވަކި މަގާމެއް އަދާކުރާތީ ޒިންމާ ނަގަންޖެހުމަކީ ޤާނޫނީ އަދި ބުއްދީގެ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ގޭގައި ނަމަވެސް ގާނޫނާ ހިލާފު ކަމެއް ކުރާނަމަ އެކަން ބަލަންޖެހޭނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މާންދޫ ދޭކުނުގޭގައި ގާނޫނާ ހިލާފު ކަމެއް ކޮށްފައިވާކަމަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ިނންމާފައެއްނުވާ ކަމަށްވެސް ވިދާޅުވި އެވެ.
Ads by MACL
