އެމްޑީޕީ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހޯދަން ފުލުހުން އިއުލާންކޮށްފި
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް ކ. އާގެ، ތ. ތިމަރަފުށި، އަންވަރު އިބްރާހީމް (59އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ރަސްމީކޮށް ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރި ގޮތުގައި، އަންވަރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުވާން އެންގުމުންވެސް ހާޒިރުވެފައިނުވާތީއެވެ.
އެހެންކަމުން ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާގެ ވަގުތެއްގައި ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރެފައެވެ.
Ads by BMLމި މައްސަލައާ ގުޅިގެން އަންވަރު އުޅޭ ވަށައިގެންވާ އެއްވެސް މައުލޫމާތެއް ނުވަތަ އޭނާއާ ބެހޭ އެއްވެސް ޚަބަރެއް ލިބިފައިވާ ފަރާތެއްވާނަމަ، ލަސްނުކޮށް ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.
Ads by MACL
