ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވެމްކޯގެ ޚިދުމަތްތެރި މުވައްޒިފަކު ކުއްލި ގޮތަކަށް ނިޔާވުމުން ކުންފުނިން ތަޢުޒިޔާ ފޮނުވައިފި

ވެމްކޯގެ ޚިދުމަތްތެރި މުވައްޒިފަކު ކުއްލި ގޮތަކަށް ނިޔާވުމުން ކުންފުނިން ތަޢުޒިޔާ ފޮނުވައިފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ދުވަސްވީ އަދި ޚިދުމަތްތެރި މުވައްޒިފުންގެ ތެރޭގައި ހިމެނޭ ވ. ފަޒީލާމަންޒިލް، އަހްމަދު އަޒްހީމް ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އެ ކުންފުނިން ތަޢުޒިޔާ ފޮނުވައިފި އެވެ.

އަޒްހީމް ނިޔާވުމާ ގުޅިގެން ވެމްކޯ އިން ބުނީ އޭނާއަކީ ގޭބީސީތައް ރަޖިސްޓްރީ ކޮށްގެން ކުނި ނަގަން ފެށި ދުވަސްވަރުން ފެށިގެން ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރަމުންދިޔަ މުވައްޒިފެއް ކަމަށެވެ. އަދި އޭނާއަކީ މަސައްކަތުގައި ނަމޫނާ ދެއްކި، މުރާލި މުވައްޒިފެއްގެ ގޮތުގައި ކުންފުނިން ފާހަގަކުރެއެވެ.

ވޭތުވެދިޔަ ނުވަ އަހަރު ދުވަހު ވެމްކޯއަށް ޚިދުމަތްކޮށްދީފައިވާ އަޒްހީމަކީ އެ ކުންފުންޏަށް ވަރަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިން، މަަސައްކަތަށް ވަރަށް ކަމޭހިތާ މުވައްޒިފެކެވެ. މީގެ އިތުރުން އޭނާއަކީ އެންމެންގެ ލޯބި ހޯދާފައިވާ ހިތްހެޔޮ މުވައްޒިފެއް ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.

ވެމްކޯގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަޒްހީމްގެ ވަކިވުމަކީ ކުންފުންޏަށް ލިބުނު ފޫނުބެއްދޭ ވަރުގެ ބޮޑު ދެރައެއް ކަމަށެވެ. ވެމްކޯއިން ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އަޒްހީމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށްފައެވެ.