ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވައުދު ފުއްދުމުގައި ބީއެމްއެލް ވެސް ވަރަށް ކުރީގައި، ނ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފި

ބީއެމްއެލްގެ ސީއީއޯއާއި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ބީއެމްއެލްގެ ސީއީއޯއާއި ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ވެފައިވާ ވައުދުފުޅާއި އެއްގޮތަށް ނ އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. އަދި މިއީ ގިނަ ރައްޔިތުންގެ އެދުމެއްވެސް މެއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ ‏ނ. އަތޮޅުގައި މީހުންދިރިއުޅޭ ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް ލިބިގެންދިޔައީ ކަމަށެވެ. އަދި މިއާއިއެކު ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޭޓީއެމް އަދި ބޭންކިންގެ ޚިދުމަތް ނ އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮއްދެއްވުމުގެ ވަޢުދުފުދިގެންދިޔައީ ކަމަށެވެ.

ހަމައެއާއިއެކު ހއ.އަތޮޅާއި ދ.އަތޮޅުގެވެސް މީހުންދިރިއުޅޭ ކޮއްމެރަށެެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ހުންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މިއީ ރަޢީސް ޑރ.މުޢިއްޒު ރާއްޖޭގެ މީހުންދިރިއުޅޭ ކޮއްމެރަށެއްގައި މިޚިދުމަތްދިނުމަށް ވެވަޑައިގެންނެވި ވަޢުދުފުޅެއްވެސް މެއެވެ.

‏ސައީދު އިތުރަށް ވިދާޅުވީ ބީއެމްއެލްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މީގެދެމަހެއްހާ ދުވަސް ކުރިން ދ.އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމް ތަކައް މިދިޔަ އޭޕްރިލް މަހުގެ ނިޔަލައް ވަނީ 14 މިލިއަން ރުފިޔާ ޖަމާކޮށްފައި ކަމަށެވެ. ‏އެއީ 2000 އަށްވުރެ ގިނަ މުއާމަލާތް ކަމަށެވެ.

ހއ އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ފައިސާ ޖަމާކުރުމަށްވަނީ 8000 މުއާމަލާތް ހިންގާފައި ކަމަށް ސައީދު ވިދާޅުވިއެވެ.

‏މިގޮތުން އޭޕްރިލްގެ ނިޔަލަށް މާލެ ފިޔަވާ އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240،000 މުއާމަލާތް ކޮށްފައިވާ ކަމަށާއި މިއީ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތް ކަމަށް ސައީދު ވިދާޅުވިއެވެ.