ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީ އައްޑޫސިޓީއަށް ދިޔުމުންވެސް ލިބުނީ ފިނި ތަރުހީބެއް، ގިނަ މީހުން ބުނަނީ ފޫހިވެއްޖެކަމަށް!

އެމްޑީޕީ ލީޑަރޝިޕުން އައްޑޫ ސިޓީގައި ބޭއްވި ކަންމަތީ ބައްދަލުވުން/ ފޮޓޯ ސޯޝަލް މީޑިއާ
އެމްޑީޕީ ލީޑަރޝިޕުން އައްޑޫ ސިޓީގައި ބޭއްވި ކަންމަތީ ބައްދަލުވުން/ ފޮޓޯ ސޯޝަލް މީޑިއާ

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ 11 ބޭފުޅުންގެ ވަފުދެއް ބިޔަބޮޑު އައްޑޫ ސިޓީއަށް ދިއުމުން މާބޮޑު ތަރުހީބެއް ނުލިބި ދަތުރުގެ މަގުސަދު ގެއްލިއްޖެކަމަށް ބުނެފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީގެ ގުރޫޕުން ބުނެފައިވާ ގޮތުގައި އެ ދަތުރަކީ ކުރިއަށްހުރި އިންތިހާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ ސިލްސިލާ ދަތުރެއް ކަމަށެވެ.

އެހެންނަމަވެސް އައްޑޫ ސިޓީގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރުމަށް މިރޭ އެ ސިޓީގައި ބޭއްވި ބައްދަލުވުމަށް 30 މީހުން ހަމަނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މީހުން ހަމަނުވުމުގެ ސަބަބުން ބައްދަލުވުން ފެށުނީ 10 ގެ ފަހުންނެވެ.

މިފަހަކަށް އައިސް އެމްޑީޕީގެ އާންމު ހަރަކާތްތަކަށް ލިބެމުންދަނީ ވަރަށް ފިނި ތަރުހީބެވެ.