ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިމަރަފުށީގެ ޒުވާނުންގެ ހުވަފެން ހަޤީޤަތަކަށް؛ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ތިމަރަފުށީގެ ޒުވާނުންގެ ހުވަފެން ހަޤީޤަތަކަށް؛ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ތިމަރަފުށީގެ ޒުވާނުންގެ ހުވަފެން ހަޤީޤަތަކަށް ހައްދަވައި ދެއްވައި؛ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ތ. ތިމަރަފުށީގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވުމާއެކު، އެ ރަށުގެ ޒުވާނުން ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ފޮނި ހުވަފެންތަކުގައި އެންމެ ފަހުން މިވަނީ ކުލަޖެހިގެން ހަޤީޤަތަކަށް ވެފައެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ބިންގާ އަޅުއްވައިދެއްވި މުހިންމު މަޝްރޫޢެކެވެ.

ފުޓްސަލްގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުންތެރިންތަކެއް އުފައްދައި، ރަން ވަނަތަކެއް ހާސިލުކޮށްފައިވާ ތިމަރަފުށީގައި މިފަދަ ޒަމާނީ ދަނޑެއް ގާއިމުވުމަކީ، އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

އަލަށް ހުޅުވުނު މި ދަނޑާއެކު އެ ރަށުން އިތުރު ހުނަރުވެރި، މޮޅު ކުޅުންތެރިންތަކެއް އުފެދި، ޒުވާނުންގެ ހުނަރުތައް ތަރައްޤީކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.