ނިއުރޭޑިއެންޓްގެ ފެންވަރު ފެންނަން ފަށައިފި، އިދިކޮޅު ޓީމުތަކުން ޖެހިލުންވާނެ ސްކޮޑެއް!
އޮޑި ސްޕޯޓްސް ކުލަބުގެ މައްޗަށް 2-0 އިން ކުރިހޯދައި އެފްއޭއެމް ލީގު ކަޕުގެ ސެމީއަށް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.
މި މެޗަށް ނިއު ނިކުތްއިރުވެސް ސެމީގެ ޖާގަ ވަނީ ވަރަށް ބޮޑަށް ތަނަވަސް ވެފައެވެ. އަދި މެޗު އެއްވަރުކޮށްލައިގެންވެސް ސެމީއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
މިއީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އަދި ހުއްޓިފައި އޮތް ފުޓުބޯޅައަށް ދިރުން ގެނައުމުގެ ނިޔަތުގައި އެފްއޭއެމުން ރާވައި ހިންގާ މުބާރާތެކެވެ.
Ads by BMLމިމުބާރާތުގައި ޖުމްލަ 5 ޓީމަކުން ވާދަކުރެއެވެ. އަދި ޓީމްތަކުންވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
Ads by MACL
