ހުޅުމާލޭގެ ގެސްޓްހައުސްއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ
ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ އެ ގެސްޓް ހައުސްގެ 3 ވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އޮތް މީހެކެވެ.
މި ރިޕޯޓާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން އެ ސަރަހައްދު ބަންދުކޮށް، އެ މީހާގެ ހާލަތު ބެލުމަށާއި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ތަހުގީގު ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.
Ads by BMLހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހާގެ އުމުރާއި، އޭނާއަކީ ކޮން ގައުމެއްގެ މީހެއްކަން އަދި އޭނާގެ ހާލަތާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުންގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.
ހުޅުމާލޭގެ ގެސްޓްހައުސްތަކާއި އެޕާޓްމަންޓްތަކުގެ ތެރޭގައި މީގެކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައިވާއިރު، މިފަދަ މައްސަލަތަކުގައި ފުލުހުން އާންމުކޮށް ބަލަނީ އެއީ ސިއްހީ ކުއްލި މައްސަލައެއްތޯ ނުވަތަ އެކަމުގައި ޝައްކުކުރެވޭ ފަދަ އެހެން ކަމެއް ހިމެނޭތޯއެވެ.
Ads by MACL
