ވޯލްޑްކަޕް ފައިނަލް މެޗުގެ ރެފްރީއަށް ހަމަޖެއްސީ މީގެ ކުރިން މަސްތުވާތަކެއްޗާއި ފާޚިޝް އަމަލުގެ ސަބަބުން ޖަލަށްލި ވިންޗިޗް!
މިއަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗުގެ ރެފްރީއަކަށް ސްލޮވީނިއާގެ ސްލާވްކޯ ވިންޗިޗް ފީފާއިން ރަސްމީކޮށް އައްޔަންކޮށްފިއެވެ. މި ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ފީފާއަށް ވަނީ އަމާޒުވެފައެވެ.
ވިންޗިޗް މި މަގާމަށް އައްޔަންކޮށްފައި މިވަނީ، މީގެ ހަ އަހަރު ކުރިން ކޮކެއިން އާއި، ހަތިޔާރު އަދި ބައިނަލްއަގުވާމީ ފާހިޝް އަމަލުތައް ހިންގާ ނެޓްވޯކަކާ ގުޅުންހުރި ޕާޓީއެއްގެ ތެރެއިން އޭނާ ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ ހާދިސާގައި އޭނާ ހައްޔަރުކުރީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރު ފެނުނު ކެބިން ޕާޓީއަކުންނެވެ.
މި ނިންމުމާ ގުޅިގެން ފުޓްބޯޅަ ދުނިޔޭގެ ގިނަ ބަޔަކު ދެކޭގޮތުގައި، މިއީ ފީފާގެ "އެތިކްސް" ނުވަތަ އަހުލާގީ މިންގަނޑުތަކާއި މީހުން ހޮވުމުގައި ގެންގުޅޭ އުސޫލުތަކާމެދު ސުވާލު އުފެދޭ ކަމެކެވެ.
Ads by BMLޚާއްސަކޮށް ކުދިކުދި ކަންތައްތަކުގައި ކުޅުންތެރިންނަށް ބޮޑެތި އަދަބުތައް ދެމުންދާއިރު، ފީފާގެ އިސް ސަފުގައި ހިމެނޭ ފަރާތްތަކަށް އެއްވެސް ޒިންމާދާރުކަމެއް ނެތި ފުރުސަތު ލިބޭކަން މިކަމުން ހާމަވާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ފީފާއިން މިހާތަނަށް ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވާއިރު، މިއީ އެ އިދާރާގެ ޒިންމާދާރުކަން ކުޑަކަން ހާމަވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ވިންޗިޗް ފައިނަލް މެޗުގައި ރެފްރީކަން ކުރާއިރު، އޭނާގެ މާޒީގެ މި ހާދިސާއަކީ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލަށް އެޅޭ ހިޔަންޏެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
Ads by MACL
