ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމް 17 މިނެޓަށް އިތުރުކުރަން ފީފާއިން ނިންމައިފި
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފް-ޓައިމް ނުވަތަ މެދުކެނޑުމުގެ ވަގުތު 17 މިނެޓަށް އިތުރުކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ރަސްމީކޮށް ނިންމައިފިއެވެ.
މީގެ ކުރިން ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި މި ވަގުތު 30 މިނެޓަށް އިތުރުކުރަން އުޅޭކަމަށް އަޑުފެތުރިފައިވީ ނަމަވެސް، ފީފާއިން މިހާރު ވަނީ އެކަން ސާފުކޮށްދީފައެވެ.
ފީފާއިން ހާމަކޮށްފައިވާ ގޮތުގައި، މި 17 މިނެޓުގެ ތެރެއިން 11 މިނެޓު ހާއްސަކުރެވޭނީ މިއުޒިކީ ހުށަހެޅުންތަކަށެވެ. މިއީ ފައިނަލް މެޗުގެ ފޯރި ގަދަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
Ads by BMLމީގެ އިތުރުން، ބާކީ އޮތް ވަގުތަކީ ސްޓޭޖް އެސެމްބަލް ކުރުމަށާއި، ޝޯ ނިމުމުން ސްޓޭޖް ނެގުމަށް ބޭނުންކުރާނެ ވަގުތެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުމުގެ ކުރިން ދަނޑަށް ފެންޖެހުމުގެ ކަންކަންވެސް މި ވަގުތުގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ފީފާއިން މައުލޫމާތުދެއެވެ.
މި ބަދަލާއެކު، ފައިނަލް މެޗުގެ މެދުކެނޑުން އާންމު މެޗުތަކަށްވުރެ ކުޑަކޮށް ދިގުވެގެންދާނެއެވެ. ނަމަވެސް މިއީ ކުރިން އުންމީދުކުރި 30 މިނެޓަށްވުރެ ކުރު ވަގުތެކެވެ.
Ads by MACL
