ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން ބަލިވި މެޗުގެ މައްސަލަ މިސްރުން ކޯޓަށް ހުށަހަޅައިފި
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން މިސްރު ބަލިވީ އިންސާފުން ނޫން ކަމަށް ބުނެ، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާ އާއި މެޗުގެ އޮފިޝަލުންނާ ދެކޮޅަށް ދައުވާ އުފުލައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (އީއެފްއޭ) މި މައްސަލަ ހުށަހަޅާފައިވަނީ ފީފާގެ އިތުރުން މެޗުގެ ރެފްރީންނާއި ވީއޭއާރު ޓީމާ ދެކޮޅަށެވެ. މިސްރުން ތުހުމަތު ކުރާ ގޮތުގައި މެޗުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ނިންމުންތަކެއް ރެފްރީންނާއި ވީއޭއާރު ޓީމުން ވަނީ ނިންމާފައެވެ.

Ads by BMLމި މައްސަލައިގައި މިސްރުގެ އެސޯސިއޭޝަނުން އެދިފައިވަނީ މެޗުގައި ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށެވެ. އަދި އެ ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް ސީދާ އަސަރުކޮށްފައިވާ ކަމަށް އެ ފަރާތުން ދައުވާ ކުރެއެވެ.
އީއެފްއޭ އިން އިތުރަށް ބުނެފައިވަނީ މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވައި، މެޗުގެ އޮފިޝަލުންނަށް ފިޔަވަޅު އެޅުމަށެވެ. އަދި މެޗުގެ ނަތީޖާ އަލުން މުރާޖައާ ކޮށްދިނުމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.
Ads by MACL
