ޗުއްޓީގައި ގިނައިން ނުކާތި، ބަރުވެދާނެ: އެޗްޕީއޭ
ޗުއްޓީގެ އުފާވެރި ވަގުތުތައް އާއިލާއާ އެކު ހޭދަކުރަމުންދާއިރު، ދުޅަހެޔޮ ސިއްހަތަކަށް އިސްކަންދިނުމުގެ ގޮތުން ކެއިންބުއިމުގެ އާދަތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
މިގޮތުން، ޗުއްޓީގެ މި ދުވަސްވަރު މާ ގިނައިން ކައި، ބަރުދަން އިތުރުވިޔަ ނުދިނުމަށް ރައްކާތެރިވެ، ކެއިންބުއިމުގައި މެދުމިނެއް ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއްވިއެވެ.
https://twitter.com/HPA_MV/status/2078042025664942296އެޗްޕީއޭއިން އިތުރަށް ބުނީ، ލޮނު، ހަކުރު އަދި ޓްރާންސް ފެޓް ގިނަ ކާނާއާއި ބުއިންތަކާ ދުރުހެލިވުމަށާއި، ތެލުލާފައި ހުންނަ ކާނާ ބޭނުންކުރުން މަދުކުރުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަދި އާއިލާއާއެކު ކޮންމެ ދުވަހަކު ވެސް ހިނގާލުމާއި ހަރަކާތްތެރިވެ އުޅުމަށާއި، ކެއުމުގައި ތަރުކާރީއާއި މޭވާ ހިމެނުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
Ads by MACL
