ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާގެ ކޮލެޖް ދަރިވަރަކު އަމިއްލައަށް މަރުވި މައްސަލައިގައި ހޯދަމުން ދިޔަ ޑޮކްޓަރު ހައްޔަރުކޮށްފި

ކަންނޫރު އަންޖަރަކަންދީ ޑެންޓަލް ކޮލެޖުގެ ދަރިވަރެއް ކަމަށްވާ ނިތިން ރާޖްގެ ---
ކަންނޫރު އަންޖަރަކަންދީ ޑެންޓަލް ކޮލެޖުގެ ދަރިވަރެއް ކަމަށްވާ ނިތިން ރާޖްގެ ---

އިންޑިއާގެ ކޮލެޖް ދަރިވަރަކު ނަފްސާނީ ގޮތުން ދިން އަނިޔާތަކެއްގެ ސަބަބުން އަމިއްލައަށް މަރުވި މައްސަލައިގައި ފުލުހުން ހޯދަމުން ދިޔަ ޑޮކްޓަރު، ކްރައިމް ބްރާންޗުން ހައްޔަރުކޮށްފިއެވެ.

ކަންނޫރު އަންޖަރަކަންދީ ޑެންޓަލް ކޮލެޖުގެ ދަރިވަރެއް ކަމަށްވާ ނިތިން ރާޖްގެ މަރުގެ މައްސަލައިގައި ހޯދަމުންދިޔަ އެންމެ މުހިންމު ކުށްވެރިޔާ، ޑރ. އެމް.ކޭ ރާމް ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ފިލައިގެން ތިން މަސް ދުވަހު އުޅުމަށްފަހު ކަރުނާޓަކާގެ ކުޑގުންނެވެ. އެ ކޮލެޖުގެ ލެކްޗަރާއެއްގެ މަގާމުގައި ހުރި ޑރ. ރާމް ހޯދުމަށް ފުލުހުން ދިޔައީ ކަރުނާޓަކާގެ އެކި ސަރަހައްދުތަކުގައި ޚާއްޞަ އޮޕަރޭޝނެއް ހިންގަމުންނެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި، އަންޖަރަކަންދީ ޑެންޓަލް ކޮލެޖުގެ ފައިނަލް އިޔާގައި ކިޔަވަމުންދިޔަ ނިތިން ރާޖް ވަނީ ކޮލެޖް އިމާރާތުގެ މަތިން ފުންމާލައިގެން އަމިއްލައަށް މަރުވެފައެވެ. ނިތިންގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ޑރ. ރާމް ވަނީ ނިތިންގެ ނަސްލަށާއި ކާސްޓަށް (ދަރަޖައަށް) އަމާޒުކޮށް ޒާތީ ގޮތުން ދިމާކޮށް، އޭނާގެ ކިޔެވުމަށް ހުރަސްއަޅައި، ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ނިތިންގެ މަރަށްފަހު، ހައްޔަރުން ސަލާމަތްވުމަށްޓަކައި ޑރ. ރާމް ވަނީ ކެރެލާގެ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ކުރިމަތިލީ ކޯޓު އިލްތިމާސް (އެންޓިސިޕޭޓަރީ ބެއިލް) ހުށަހަޅާފައެވެ. ނަމަވެސް ކޯޓުތަކުން އޭނާގެ އިލްތިމާސްތައް ބޭރުކޮށްލުމާ ގުޅިގެން، އޭނާ ވަނީ ފިލައިފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނައިއިރު، އޭނާ ހުރީ ފާހަގަކުރަން ނޭނގޭ ގޮތަށް ބޯ ދިގުކޮށް ސިފަ ބަދަލުކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކްރައިމް ބްރާންޗުގެ ޚާއްޞަ ޓީމަކުން މިއަދު އޭނާ ހައްޔަރުކުރުމަށްފަހު، މިހާރު ދަނީ ކެރެލާއަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.