ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވާލާއި، ކާޅުގެ އާބާދީ ދެނެގަނެ ބެލެހެއްޓޭނެ ގޮތެއް ހޯދުން! ރަނގަޅު ކަމެއްތަ؟

ވާލާއި، ކާޅުގެ އާބާދީ ދެނެގަނެ ބެލެހެއްޓޭނެ ގޮތެއް ހޯދުން! ރަނގަޅު ކަމެއްތަ؟

ވާލާއި ކާޅުގެ އަދަދު ދެނެގަނެ އެތަކެތި ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމާއިމެދު އީޕީއޭއި ވެލްފެއަރ މިނިސްޓްރީން މަޝްވަރާ ކުރައްވައިފިއެވެ.

ވާލާއި ކާޅުގެ އުނދަގޫ ޖެހޭ ވާހަކަ ތިލަވީ އަހާ ފޯރަމްގައި މިނިސްޓަރ އާއި ކުރިމަތިވި ސުވާލާކާއިއެކު ދިން ޖަވާބުންނެވެ.

ވާލާއި ކާޅު މަރަން ބޭނުން ނުވާ ކަމަށާއި އެ ތަކެއްޗާ އެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. އެ ތަކެތީގެ އުދަނގުލާ ކުރިމަތިލާން ޖެހިފައި ވަނީ އެފަދަ ތަކެތި ދިރިއުޅޭ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން މާހައުލު ހަލާކުވުމުން ކަމަށެވެ. ބޭނުން ވަނީ އެ ތަކެއްޗަށް ހިމާޔަތް ދިނުން ކަމަށާއި އެގޮތުން ގަސް އިންދުން ގިނަ ކުރަން ޖެހޭކަން މާރިޔާ ފާހަގަކުރެއްވި އެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

ކަމާ ގުޅިގެން އީޕީއޭ އާއެކު ބޭއްވި ބައްދަލުވުމުގައި ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތް ކުރުމަށް އެ ތަކެތި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އީޕީއޭއިން ވަނީ ވާލާއި ކާޅުގެ އަދަދު ބަލައި ދެނެގަންނަން ޖެހޭ ކަމަށް ބުނެފަ އެވެ. އެ އަދަދަށް ބެލުމަށް ފަހުގައި އެ ތަކެތި ބެލެހެއްޓުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ ކަމަށް އެ އެޖެންސީން ފާހަގަކުރި ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުންޏެވެ.