ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ށ. ޅައިމަގު ޒުވާނުންގެ އިންތިޒާރަށް ނިމުމެއް، ފުޓްސަލް ދަނޑު ނިމި ހުޅުވަން ތައްޔާރުވަނީ!

ށ. ޅައިމަގު ޒުވާނުންގެ އިންތިޒާރަށް ނިމުމެއް، ފުޓްސަލް ދަނޑު ނިމި ހުޅުވަން ތައްޔާރުވަނީ!

ށ. ޅައިމަގު: ޅައިމަގުގެ ޒުވާނުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައިސް، އެ ރަށުގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި، ހުޅުވުމަށް ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.

މި ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށާއި، ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ޅައިމަގުގެ ޒުވާނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. މިހާރު ދަނޑުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ނިމިފައިވާއިރު، ކުރިއަށްދަނީ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތަކާއި ދަނޑު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގެ ތައްޔާރީތަކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ދާއިރާގެ މެންބަރު މަންޑޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރަކީ ޒުވާނުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ލާމަސީލު ސަރުކާރެއް ކަމަށެވެ. އަދި ޅައިމަގުގެ ޒުވާނުންނަށް ބޭނުންވާ ތަރައްޤީގެ ކަންކަން ފަހިކޮށްދިނުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން މެންބަރު ދެއްވިއެވެ.

" ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް އިތުރު ގިނަ، ފަހި ފުރުސަތުތައް ހުޅުވާލަދެއްވަވާ، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން، ތަރީޚީ ކާމިޔާބީތަކެއް، ރައީސް  ގެ މި ޒަޢާމަތުގައި ހާސިލުވަމުންދާކަމީ، ފެންނާން އޮތް ހަޤީގަތެއް"

"ޅައިމަގު ޒުވާނުންނަށް ބޭނުންވާ ކަންކަން ކުރުމުގައި އަޅުގަނޑު ފަހަތަށް ޖެހިވަޑައެއް ނުގަންނަވާނަން. މި ސަރުކާރުން ޒުވާނުންނަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދޭނެ،" މެންބަރު ވިދާޅުވިއެވެ.

ޅައިމަގުގައި އަލަށް ހުޅުވޭ މި ފުޓްސަލް ދަނޑަކީ ފެންވަރު ރަނގަޅު، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ދަނޑެކެވެ. މި ދަނޑު ހުޅުވުމާއެކު ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.