ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލެ ޖަލުގައި އާރުޑީސީން ތަރައްގީކުރި ފުޓްސަލް ދަނޑު ހުޅުވައިފި

ހުޅުމާލެ ޖަލުގައި އާރުޑީސީން ތަރައްގީކުރި ފުޓްސަލް ދަނޑު ހުޅުވައިފި

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުޅުމާލެ ޖަލުގައި ތަރައްގީކުރި ފުޓްސަލް ދަނޑު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ކުޅިވަރު ދަނޑު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްގެ އިތުރުން، އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފް އާއި އެކި ފަންތީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމީކޮށް ދަނޑު ހުޅުވައިދިނުމުގެ އިތުރުން، މި މުނާސަބަތުގެ އުފާ ފާހަގަކުރުމުގެ ގޮތުން އާރުޑީސީ އާއި ކަރެކްޝަނަލް ސާވިސްގެ ޓީމުތަކުގެ މެދުގައި އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސް ވަނީ ކުޅެފައެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގެ ތެރެއިން، އާލީކޮށް ތަރައްގީކުރެވުނު މި ފުޓްސަލް ދަނޑު ވަނީ ރަސްމީކޮށް ޕްރިޒަން ކްލަބާ ހަވާލުކޮށްފައެވެ.