ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްގީކުރިބައި ހުޅުވާލުމުން އެމްޑީޕީ އާޝޯހުވެއްޖެ!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިއަދު އާންމުކޮށް ހުޅުވާލުމާ ގުޅިގެން، އެ ސަރަހައްދަށް ގެނެސްފައިވާ ހަލުވި ތަރައްގީ ފެނި އިދިކޮޅު އެމްޑީޕީ އާޝޯހުވެއްޖެއެވެ.
ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް ފުޅާކޮށް ތާރުއަޅައިގެން ހެދި މި މަގަކީ މާލޭގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫއެކެވެ.
ރައީސް ޑރ. މުއިއްޒަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންމޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުންޏަސް އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަން މިއަދު މިވަނީ ސާބިތުވެފައެވެ.ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަމައަށް ތަރައްގީކުރި މި ބައި މިއަދު ހަވީރު ހުޅުވާލާފައިވާއިރު، މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ގާތްގަނޑަކަށް ތިން މަސްދުވަހުގެ ތެރޭގައި ނިންމާފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ނޯތު ހާބަރު ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ދެމެދު ތާރު އަޅައިގެން މަގު ހަދާފައިވާއިރު، މި މަސައްކަތުގައި އެމްޓީސީސީގެ ދުއިސައްތައެއްހާ މުވައްޒަފުން ވަނީ އަމަލީގޮތުން ހަރަކާތްތެރިވެފައެވެ.
Ads by BMLރައްޔިތުންގެ ފަރާތުން މި މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ކުރީގެ ސަރުކާރުތަކަށް ނުގެނެވިވާ ފަދަ ހަލުވި އަދި ފުރިހަމަ ތަރައްގީއެއް މި ސަރުކާރުން މާލެއަށް ގެނެސްދެމުންދާކަން އާންމުން ދަނީ ފާހަގަކުރަމުންނެވެ. ހާއްސަކޮށް، މާލޭގެ މައި މަގު މިހާ ފުރިހަމަކޮށް ނިންމާލުމުން، މިއީ އިދިކޮޅު އެމްޑީޕީއަށް ވެސް ހައިރާންކަން ގެނުވި އަދި ސަރުކާރުގެ ހިންގުންތެރިކަން ސާބިތުކޮށްދިން ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މަގުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ތިމާވެއްޓާ ރައްޓެހި އަދި ހިތްގައިމު މާހައުލެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މި ސަރަހައްދުގައި ވަނީ ތިންހާހަށްވުރެ ގިނަ ގަސް އިންދާފައެވެ. ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ހިންގި މި ހަރަކާތުގައި، ރައީސް އޮފީސް ކުރިމަތީގައާއި އެއްގަމުތޮށި ކައިރީގައި ދިވެހި ރުކާއި ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކުގެ އިތުރުން މާގަސް އިންދައި، އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.
ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަލަށް ހެދި ބައިގައި ޕާކުކުރުން މަނާކޮށްފައިވީ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި ވަނީ އެއްފަހަރާ ފަސްސަތޭކަ ސައިކަލަށް ޕާކުކުރެވޭނެ ހާއްސަ ޒޯނެއް ތަރައްގީކޮށްފައެވެ.
މި ސަރަހައްދުގެ މަސައްކަތް ނިމުމާއެކު، ދެން އެމްޓީސީސީން ފެށުމަށް ހަމަޖެހިފައިވަނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތެވެ. މި އާ ފިޔަވަހީގެ ޑިޒައިން މަސައްކަތްތައް މިހާރު ފަށާފައިވާއިރު، މިއީ މުޅި މާލޭގެ މަލަމަތި ބަދަލުކޮށްލާނެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
Ads by MACL
