ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރަނީ
ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް މަޝްރޫޢުގެ ގޮތުގައި، ތ. އަތޮޅުގައި މަލްޓި-އައިލެންޑް ކޮންސެޕްޓަށް "ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް" ތަރައްޤީކުރުމަށް ނިންމައިފިއެވެ.
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 175 މިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި ދެ ކުންފުނީގެ ދެމެދުގައި މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކުރެވޭ މި ޓައުންޝިޕްގައި، ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތަކުގެ އިތުރުން ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ހިމެނޭނެއެވެ. އަދި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް މި މަޝްރޫޢުގައި ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ބްލޫ ސިނާޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޔާޒުގެ ބެއްލެވުމުގެ ދަށުން އަމަލީގޮތުން ތަންފީޒުކުރާ މި މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ އިޤުތިޞާދަށް ބޮޑު ދިރުމެއް ލިބި، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ.
Ads by BMLމިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޖުތިމާއީ ތަރައްޤީއަށް ލިބޭނެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.
މީގެއިތުރުން، ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންގްސްއިން ތަރައްޤީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢުގެ މަސައްކަތްވެސް ބާރުދުވެއްޔެއްގައި ކުރިއަށްދާކަމަށް އިންވެސްޓް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.
އެއީ ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު (12.2 ބިލިޔަން ރުފިޔާ) ގެ ބޮޑު އިންވެސްޓްމަންޓެކެވެ.
Ads by MACL
