ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަމިއްލަ ފާމަސީތަކުން އުޅުނީ ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން: ރައީސް

އަމިއްލަ ފާމަސީތަކުން އުޅުނީ ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން: ރައީސް

ރާއްޖޭގެ އަމިއްލަ ފާމަސީތަކުން މިހާތަނަށް މަސައްކަތްކުރީ ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ދިމާވެފައިވާ ބޭސް ލިބުމުގެ ދަތިކަމުގެ މައްސަލަ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ހައްލުކުރައްވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ބޭސް ވިއްކުމުގެ ނިޒާމުގައި ހުރި ބައެއް މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އަމިއްލަ ފާމަސީތަކުން އާސަންދައިގެ ތެރެއިން ބޮޑެތި ފައިދާތަކެއް ނަގަމުންދިޔަ މައްސަލަ ފާހަގަކުރެއްވިއެވެ. އެގޮތުން، ބައެއް ފާމަސީތަކުން 2000 ރުފިޔާއާ ހަމައަށް ބޮޑު ފައިދާއެއް ނަގަމުންދިޔަ ކަމަށާއި، ނަމަވެސް ސަރުކާރުން އެކަން މިހާރު އެއްކޮށް ނިމުމަކަށް ގެނެސްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާންނުޖެހޭ މިންވަރަށް ބޭހުގެ މައްސަލަ ހައްލުވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ރައްޔިތުންނަށް ބޭސް ލިބުމުގެ މައްސަލަ ހައްލުކުރަން ފާއިތުވި އެއްވެސް ސަރުކާރަކުން ނުކުރާހާ މަސައްކަތްތައް ރައީސް މުއިއްޒު އަންނަނީ ކުރައްވަމުންނެވެ.