ސޯލިހަށް ނިންމާނުލެވުނު ގިރާވަރުފަޅު ހިއްކުން ދެ މަސް ތެރޭގައި ރައީސް މުއިއްޒު ނިންމާލައްވަނީ
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނުއިރު ވެސް ހިއްކާ ނިންމައި ނުލެވުނު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ދެ މަސްތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަސް ފާހަގަކުރަން މިއަދު ބޭއްވި ޖަލްސާގައި ގައުމާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ގިރާވަރުން ގޯތި ދޫކޮށްފައި ވަނީ ކަނޑަށާއި ގިރާވަރު ރިސޯޓަށް ވެސް އަރާގޮތަށް ކަމަށެވެ. ނަމަވެސް އެގޮތަށް ދޫކޮށްފައިވާ ގޯތިތައް މި ސަރުކާރުން ގުޅިފަޅަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުޅުމާލެ ފޭސް 3 ވެސް މި ސަރުކާރުން ހިއްކައި ނިންމާފައިވާ ކަމަށެވެ. އަދި ދާދިފަހުން ހައުސިން މިނިސްޓްރީން ވަނީ ފޭސް 3 ގައި 1000 ފްލެޓް އެޅުމަށް ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފައެވެ.
Ads by BMLއެމްޑީޕީ ސަރުކާރުން އަޅަން ފެށި 4000 ފްލެޓް ނިންމައި އެ ފްލެޓްތަކަށް މީހުން ވެއްދީ ވެސް މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވިއެވެ.
Ads by MACL
