ދުންފަތާއި ދެކޮޅަށް ކުރާ މަސައްކަތަށް، ޑަބްލިއުއެޗްއޯގެ ޝަރަފުވެރި ޙާއްސަ އެވޯޑު ރައީސް ޑރ މުއިއްޒަށް
ދުންްފަތުގެ އިސްތިއުމާލު ކޮންޓްރޯލް ކުރުމަށް ރައީސް ޑރ މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޝަރަފުވެރި ޙާއްސަ އެވޯޑް އަރުވައިފިއެވެ.
މިއީ ކޮންމެ އަހަރަކުވެސް، ދުންފަތުގެ އިސްތިޢުމާލު ކޮންޓްރޯލް ކުރުމަށް ކުރެވޭ އުއްމީދީ މަސައްކަތްތަކަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ 6 ސަރަޙައްދުން ވަކިވަކި ފަރުދުންނާއި ޖަމާޢަތްތަކަށް ދޭ ޝަރަފުވެރި އެވޯޑެކެވެ.
މި ޝަރަފުތަކުގެ ތެރޭގައި ހިމެނެނީ ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ ރިކޮގްނިޝަން އެވޯޑްތަކާއި، ވޯލްޑް ނޯ ޓޮބާކޯ ޑޭ އެވޯޑްތަކާއި، އަދި 2025 ވަނަ އަހަރު ދެވޭ ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލްގެ ޚާއްޞަ ރިކޮގްނިޝަން ސެޓްފިކެޓެވެ.
Ads by BMLރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސް ޑރ މުއިއްޒު ގެންދަވަނީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ވޭޕް މަނާ ކުރުމާއި އެކު ދުންފަތް ބޭނުން ކުރުމުގެ ޖެނަރޭޝަން ބޭންއެއްވަނީ ގެނެސްފައެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން ވަނީ ގާނޫން މަނާކޮށްފައެވެ.
Ads by MACL
