ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަލީމްގެ ރައްދު: ގާނޫނު ހަދާތާ 100 އަހަރުވެއްޖެ، ކޮންމެ ދުވަހަކު ގާނޫނު ހަދާކަށް ނުޖެހޭ

ސަލީމްގެ ރައްދު: ގާނޫނު ހަދާތާ 100 އަހަރުވެއްޖެ، ކޮންމެ ދުވަހަކު ގާނޫނު ހަދާކަށް ނުޖެހޭ

ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް އަދި މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު އެ ވާހަކަތައް މިއަދު ދޮގުކުރައްވައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ ގާނޫނު ހަދާތާ 100 އަހަރު ފުރެން ކައިރިވެފައިވާއިރު، ރާއްޖެއަށް ބޭނުންވާ މައިގަނޑު ގާނޫނުތައް މިހާރު ހުރީ ހެދި ނިމިފައި ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކު އާ ގާނޫނުތަކެއް ހަދަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، ބިލުތައް ހުށަހެޅުމުގެ ފުރުސަތު އިދިކޮޅު މެންބަރުންނަށް ވެސް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ހާލަތްތަކުގައި އެ މަސައްކަތްތައް ކުރަމުންދާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މިހާރު ހިނގަމުންދާ މަޖިލީހުގެ މަސައްކަތްތައް ކުރީގެ މަޖިލީހަށް ވުރެ އިތުރު ކަމަށެވެ. ފަލާހު ވިދާޅުވި ގޮތުގައި ކުރީގެ މަޖިލީހުގެ މަސައްކަތްތަކާ މިހާރުގެ މަސައްކަތްތައް އަޅާކިޔާލުމުން، މިހާރުގެ މަޖިލީހުން ވިއްސަކަށް ބިލުގެ މަސައްކަތް އިތުރަށް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން މެންބަރުން ޗުއްޓީ ހޭދަކުރެއްވި މުއްދަތު ވެސް ކުރިއަށް ވުރެ ކުޑަކަން އޭނާ ފާހަގަކުރެއްވި އެވެ.