މަޖިލީހުގެ އެންގުމަށް ބޯލަނބައި، ބުނެފައިވާ މުއްދަތުތަކަށް މަސައްކަތް ނިންމައި މަޖިލީހަށް ފޮނުވާނަން: އެމްޑީ އަފީފް
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނަކަ ކޯޕަރޭޝަނާއި ގުޅޭ ގޮތުން ނިންމަވާފައިވާ ނިންމެވުންތައް ތަންފީޒު ކުރާނެ ކަމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ޙުސައިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމަވާފައިވަނީ ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާގޮތަށްހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ފެނަކައަށް އެންގުމަށެވެ.
މާލިއްޔަތު ކޮމިޓީން ތަހުގީގުތައް ހިންގުމަށް އެދެން ނިންމާފައިވާނީ ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުގައެވެ.
Ads by BMLފެނަކައިގެ ޚާއްސަ އޮޑިޓް ރިޕޯޓުން ވަނީ އެކޯޕަރޭޝަންގެ އައްޑޫ ބްރާންޗުން މަޝްރޫއުތައް ހިންގީ ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށްކަން ވަނީ ހާމަވެފައެވެ. ކަރަންޓާއި ފެން ބިލްތަކުން 77 މިލިޔަން ރުފިޔާ ފެނެކައަށް ނުލިބިވާކަންވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން އެމް.ޑީ އަފީފް ވިދާޅުވީ މަޖިލީހުން ނިންމަވާ ނިންމެވު ންތައް ކްނޑައަޅުއްވާފައިވާ މުއްދަތުތަކަށް ނިންމަވާނެކަމަށެވެ. އަދި މިހާރުވެސް ކުންފުނިން މަސައްކަތް ކުރަމުންދަނީ އެމަގުން ކަމަށާއި މަޖިލީހުން އެދިވަޑަޢި ގަންނަވާ ހުރިހާ ކަމަކަށް ބަރާބަރަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
”އަޅުގަނޑުމެން މިހާރުވެސް މަސައްކަތް ކުރަމުން މިދަނީ، ކުންފުނި ރައިޓް ސައިޒް ކުރުމަށް، އެހެންކަމުން މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެންނަށް ފަސޭހަ ވާނެ. އަދި މަޖިލީހުން އަންގަވާ ހުރިހާ ކަމަކަށް ފުރިހަމަ އެއްބާރުލުންދެއްވާ، ކަނޑަ އަޅުއްވާފައިވާ މުއްދަތަށް ހުރިހާ ކަމެއް އަޅުގަނޑުމެންނިންމާނަން- އަފީފް
ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަމިއްލައަށް ވަކިވުމަށް އެދި ހުށަހެޅި މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ނުދޭކަމަށް ބައެއް ފަރާތްތަކުން ބުނެފައިވީނަމަވެސް އެކުންފުނިން މިއަދު ވަނީ އެކަން ދޮގުކޮށްފައެވެ.
ހަތަރު މަހުގެ މުސާރައާއެކު ވަކިވާން ބޭނުން މުވައްފަޒުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހެޅުމުން ވަޒީފާއިން ވަކިކުރެވޭނީ ކުންފުންޏާއި އެ މުވައްޒަފާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ކުންފުނިން މިކަމަށް އެކުލަވާލި އުސޫލުތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުން ހަދައި، އެ އެއްބަސްވުމުންތަކާ އެއްގޮތަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ މިހާރު ދޫކޮށްފައިވާ ކަމަށް ފެނަކައިން ވިދާޅުވެފައި ވެ އެވެ.
Ads by MACL
