ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްރާއީލަށް ބާރުބޮޑުވަނީ، ވަރުގަދަ 3 ގައުމަކުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި

އިސްރާއީލަށް ބާރުބޮޑުވަނީ، ވަރުގަދަ 3 ގައުމަކުން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި

ހަނގުރާމަ ހުއްޓާނުލައިފިނަމަ އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް އިނގިރޭސިވިލާތް ފްރާންސް އަދި ކެނެޑާއިން އިންޒާރުދީފިއެވެ.

ތިން ގައުމު ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާންމު ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްނުދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

އަދި މިއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފުވުމުގެ ނުރައްކާ އޮތް ކަމެއް ކަމަށެވެ.

ގާތްގަނޑަކަށް ތިން މަސްދުވަހުގެ ބްލޮކޭޑަކަށްފަހު، ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ޣައްޒާ ސަރަޙައްދުގެ އިންސާނީ ހާލަތާ ގުޅޭގޮތުން ނުރައްކާތެރި އިންޒާރެއް ދީފައެވެ.

އެ އިންޒާރުގައި ބުނެފައިވަނީ "ދެ މިލިއަން މީހުން ބަނޑަށް ޖެހިފައިވާ" ކަމަށެވެ.