ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޣައްޒާއަށް ހަމަލާދިނުމަށް ސިފައިން ދެކޮޅު ހަދަން ފަށައިފި، އިންކާރުކުރާ ސިފައިންނަށް ޖަލު ހުކުމް އިއްވަނީ!

ޣައްޒާއަށް ހަމަލާދިނުމަށް ސިފައިން ދެކޮޅު ހަދަން ފަށައިފި، އިންކާރުކުރާ ސިފައިންނަށް ޖަލު ހުކުމް އިއްވަނީ!

ޣައްޒާއާއި ދެކޮޅަށް ފަށާފައިވާ އާ ހަނގުރާމައިގައި ހަމަލާ ދިނުމަށް އިންކާރުކުރާ ސިފައިންނަށް ޖަލުހުކުމް އިއްވަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޣައްޒާގައި އިސްރާއީލުން ފަށާފައިވާ އާ ހަނގުރާމައިގެ އޮޕަރޭޝަނުގައި ބައިވެރިވުމަށް އިންކާރުކުރި ތިން ސިފައިންނަކަށް އިސްރާއީލު އަސްކަރީ ކޯޓުންދަނީ ޖަލު ޙުކުމްތަކެއް އިއްވާފައެވެ.

ސިފައިން އިންކާރުކުރި ސަބަބަކީ ދިގު މުއްދަތަކަށް ހަނގުރާމައިގައި ބައިވެރިވެ ވަރުބަލިވެފައިވުމެވެ.

ނަހަލް ބްރިގޭޑްގެ 50 ވަނަ ބެޓަލިއަންގެ 11 ސިފައިން، ޣައްޒާގައި 15 މަސްދުވަހާއި އޮކިއުޕައިޑް ވެސްޓް ބޭންކުގައި އިތުރު 3 މަސްދުވަހު ހަނގުރާމަކުރުމަށްފަހު، އަލުން ޣައްޒާގައި ހަނގުރާމަ ކުރުމަށް ވަނީ ދެކޮޅުހަދާފައެވެ.

އެހެންނަމަވެސް، 8 ސިފައިން ފަހުން އެމީހުންގެ ނިންމުމަށް ބަދަލު ގެނެސްފައިވާއިރު، 3 ސިފައިން ޚިދުމަތްކުރުމަށް އިންކާރުކުރުން ދަމަހައްޓާފައިވެއެވެ.

މި ތިން ސިފައިންނަށް އަސްކަރީ ކޯޓުން ހުކުމްކޮށްފައިވަނީ މުއްދަތެއް ނެތްގޮތަށް ޖަލަށް ލުމެވެ.