ތިލަފުށި އާންމު ހާލަތަށް އައިސްފި، ކުރިއެކޭ އެއްފަދައިން ކުނި ނެގުން 1 އޯގަސްޓުގައި ފަށާނެ: ވެމްކޯ
ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ކޮންޓްރޯލް ކޮށްފައިވާ ކުނި ނެގުން 1 އޯގަސްޓުން ފެށިގެން ކުރިޔެކޭ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން ކޮށްފައިވާ އާންމު އިއުލާނުގައި ބުނެފައިވަނީ 1 އޯގަސްޓުން ފެށިހެން ހުޅުމާލެ، މާލެ، އަދި ވިލިމާލެ ހިމެނޭ ސްޓޭޝަން ތަކުން ކުނި ނެގުމުގެ މަސައްކަތް ފައްޓަވާނޭ ކަމަށެވެ.
އަދި ސްޓޭޝަންތަކަށް ކުނި ޖަމާކުރާން ވާނީ ކުނި އުފުލުމުގެ މިންގަނޑާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
Ads by BMLމިކަމާއި ގުޅިގެން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ މި ހޭދަވި މުއްދަތުގެ ތެރޭގައި އާންމު ރައްޔިތުންނާއި ދައުލަތުގެ މުވައްސަސާތަކުން ދެއްވި އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ. އަދި އެފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
Ads by MACL
