ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާލެ ސިޓީ ކައުންސިލަރުންނަށް ޤާނޫނީ މެންޑޭޓުގެ އޮރިއެންޓޭޝަނެއް ދިނުމަށް ނަރީޝް އެދިވަޑައިގެންފި

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ---
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ---

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ކައުންސިލަރުންނަށް، ލާމަރުކަޒީ ޤާނޫނުން ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ޤާނޫނީ މެންޑޭޓުގެ އޮރިއެންޓޭޝަން ކްލާސްތަކެއް ނަންގަވައިދެއްވުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަރިހުން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެޑްވައިޒަރު އަޙްމަދު ނަރީޝް އެދިވަޑައިގެންފިއެވެ.

އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކައުންސިލަރުންނަށް އެބޭފުޅުންގެ ޤާނޫނީ މެންޑޭޓް ސާފުނުވެ، ޒިންމާ ފުރިހަމައަށް އަދާކުރެވިދާނެ ކަމަށް ޤަބޫލުނުކުރެއްވޭ ކަމަށެވެ.

އަދި ކައުންސިލަކަށް އެރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭން އެކުލަވާލަން އޮންނަނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ބިނާވެށި ޕްލޭން އެކުލަވާލައި، ޕްލޭނިންގ މިނިސްޓްރީން ފާސްކުރުމުން އެ ފާސްކުރެވުނު ގޮތުގެ މަތިންކަން ސާފުނުވާ ކައުންސިލަރުންނަށް ޤާނޫނީ ޒިންމާ އަދާކުރެވޭނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައިވެއެވެ.

ނަރީޝްގެ މި ޕޯސްޓަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ކައުންސިލަރުން އެބޭފުޅުންގެ އަޞްލު ޒިންމާ އަދާކުރުމުގެ ބަދަލުގައި އެހެން މުއައްސަސާތަކަށް ފާޑުކިޔުމުގައި ވަގުތު ހޭދަކުރާ ކަމަށް ބުނެ ޚިޔާލުފާޅުކޮށްފައެވެ.