ފޭސް 2 ގައި ހުންނަ އެސްޓީއޯ ޓަވަރު ބީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލެ ފޭސް 2 ގައި ހުންނަ އެސްޓީއޯ ޓަވަރު ބީގެ އެޕާޓްމަންޓެއްގައި ހުރި އެގްޒޯސްޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހަވީރުގެ ވަގުތެއްގައި ކަމާބެހޭ ފަރާތްތަކަށް ވަނީ ލިބިފައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ވަގުތުން ކުރިއަށް ގޮންދީފައެވެ. އަދި ކުރެވުނު މަސައްކަތުން، އެޕާޓްމަންޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުދަނީސް މިހާރު ވަނީ މުޅިން ނިއްވާލާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވި ނަމަވެސް، އަލިފާން ނިއްވާލެވުނުއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައި ނުވާކަން ވަނީ ކަށަވަރުވެފައެވެ.
Ads by MACL
