ވަޒީރު ސައީދުގެ އިތުބާރުނެތް ކަމަށް 13 ސޮޔާއިއެކު އެމްޑީޕީން ހުށައަޅައިފި، ޕީއެންސީ މެމްބަރުންގެ އަދަދު 75
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން މި މައްސަލަ މިއަދު ހުށަހަޅާފައިވަނީ އެ ޕާޓީގެ 13 މެންބަރުން ސޮއިކޮށެވެ.
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ:
- ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް ބުނެ.
- ޤާނޫނުއަސާސީގެ 134 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ.
- ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކުރުން މަނާކޮށްފައިވާ އަމަލުތަކެއް ހިނިްގާފައިވާ ކަމަށް ބުނެ.
Ads by MACL
